Thursday, 29 October 2026

އިޓަލީ ޑައިވަރުން ހޯދުމުގައި އުޅެނިކޮށް ޝަހީދުވި މަހުދީއަށް އިޓަލީގެ މަތީ ޝަރަފެއް އަރުވަނީ

ވ. އަތޮޅު ކަނޑުއަޑީގެ ހޯރައެއް (ކޭވް) ތެރެއަށް ވަދެ އުޅެނިކޮށް މަރުވި އިޓަލީގެ ޑައިވަރުން ސަލާމަތްކުރުމުގެ ނުރައްކާތެރި އޮޕަރޭޝަންގެ ތެރޭގައި ޝަހީދުވި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ހިތްވަރުގަދަ މަސައްކަތުގެ އަގުވަޒަންކޮށް، އިޓަލީގެ އެންމެ މަތީ ޝަރަފުތަކުގެ ތެރޭގައި ހިމެނޭ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އޭނާއަށް އަރުވަން އިޓަލީ ސަރުކާރުން ނިންމައިފިއެވެ.

ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އާދަޔާޚިލާފު ހިތްވަރާއި ގުރުބާނީގެ އަގުވަޒަންކުރުމުގެ ގޮތުން އިޓަލީން އަރުވާ އެންމެ މަތީ ޝަރަފުތަކުގެ ތެރެއިން މެޑެއްޔެއް ކަމަށެވެ. މަހުދީ ޝަހީދުވީ މޭ 14 ގައި ވ. އަތޮޅު ކަނޑުއަޑީގެ ހޯރައަކަށް ވަދެ އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ސަލާމަތްކުރުމަށް މޭ 16 ގައި ހިންގި އޮޕަރޭޝަންގެ ތެރޭގައެވެ.

މި ހާދިސާގައި މަރުވި އިޓަލީގެ ފަސް ޑައިވަރުންނާއެކު ޖުމްލަ ހަ މީހުން ވަނީ މަރުވެފައެވެ. އެ މީހުންގެ ހަށިގަނޑު ފަހުން ހޯދަނީ ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންތަކެއް ރާއްޖެ އައިސްގެނެވެ. ދެ ދުވަސް ތެރޭ ހުރިހާ ހަށިގަނޑެއް ނަގައިގެން އިޓަލީއެއް ގެންގޮސް، ޕޯސްޓްމޯޓަމް ރިޕޯޓް ވަނީ ހަދައިފައެވެ. އެ މީހުން މަރުވީ ވައި ހުސްވެގެން ކަމަށް އެ މީހުންގެ ޕޯސްޓުމޯޓަމް ރިޕޯޓުން ދައްކައެވެ.

މީގެ އިތުރުން، ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީއާއި މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލޭޓް ގުޅިގެން މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ފަންޑެއް ވަނީ ހުޅުވާލާފައެވެ.

މި ފަންޑަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު އަންނަ ޑިސެމްބަރު 31 ގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، ފަންޑަށް ލިބޭ ހުރިހާ ފައިސާއެއް ސާފު އަދި ދެފުށް ފެންނަ ގޮތެއްގައި ބަލަހައްޓައި، މަހުދީގެ ޝަރުއީ ވާރުތަވެރިންނާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން އެމްބަސީން ވަނީ ދީފައެވެ. އިޓަލީ އެމްބަސީން ވަނީ މަހުދީގެ އާއިލާއަށް ތައުޒިޔާ ފޮނުވައި، މި ފަންޑަށް އެހީތެރިކަން ފޯރުކޮށްދޭ އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *