Friday, 16 October 2026

ބައެއް ބަރު އުޅަނދުތައް ހެނދުނާއި މެންދުރު ވަކި ގަޑިތަކެއްގައި މާލެ ތެރޭގައި ދުއްވުން މަނާކޮށްފި

ބައެއް ބަރު އުޅަނދުތައް ހެނދުނާއި މެންދުރު ސްކޫލް ގަޑިތަކުގައި މާލެ ތެރޭގައި ދުއްވުން މަނާކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައިވާ ގޮތުން ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގަައި ދުއްވުން މަނާކުރީ 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން، ޓްރެއިލަރ ފަދަ ބަރު އުޅަނދުފަހަރުތަކެވެ.

އެ ގޮތުން މިފަދަ އުޅަނދުތައް ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން ހެނދުނު 08:30އަށް ބޮޑުތަކުރުފާނުމަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކާއި ހުޅުމާލޭގެ މަގުތަކުގައާއި ބްރިޖާއި ހައިވޭގައި ދުއްވުން ވަނީ މަނާކޮށްފަ އެވެ.

އަދި ހެނދުނު 11:30އިން ފެށިގެން މެންދުރުފަހު 1:30އަށް ވެސް ބޮޑުތަކުރުފާނުމަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތަކުގައާއި ބްރިޖާއި ހައިވޭގައި ބަރު އުޅަނދުތައް ދުއްވުން މަނާ އެވެ. އެކަމަކު މި ގަޑިތަކުގައި ހުޅުމާލޭ މަގުތަކުގައި ދުއްވުން މަނާ ކޮށްފައެއް ނުވެއެވެ.

އެ އިއުލާނާ ހިލާފުވާ މީހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ދީފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *