ހުޅުމާލޭ ގެސްޓްހައުސް އެއްގައި ހަބަރު ހުސްވެފައި އޮތް މީހެއް ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިފައި ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓްހައުސް އަކުންނެވެ. އެއީ 50 އަހަރުގެ ފިރިހެނެކެވެ. މިހާރު އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު އަދި ހިއްސާ ކޮށްފައެއް ނުވެ އެވެ.


