މާދަމާ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި މާދަމާ ކަރަންޓުގެ ހިދުމަތް މެދުކަނޑާލަނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށެވެ. ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 06:00 އާއި 07:00 ގައެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ ކަރަންޓު ކެނޑޭނީ ހުޅުމާލޭގެ ނެއިބާހުޑް 1 އަދި 2 ކަމަށާއި މި ކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަމަށް ވެސް ބުނެފައިވެއެވެ.
އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި އެ ކުންފުނިން ދުވަސް ދުވަހުން ކަރަންޓު ކަނޑާލައެވެ. ނަމަވެސް ކަރަންޓު ކަނޑާލުމުގެ ކުރިން އަބަދުވެސް އެ ކުންފުނިން އެކަން އަންގައެވެ.


