އައްޑޫ މަރަދޫގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދޭ ކަމަށް ބުނާ ގެއެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.
އެ ތަން ބަންދުކުރުމަށް އަމުރު ނެރުނީ މަރަދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ތަން ބަންދުކުރުމަށް އަމުރުކުރީ އިއްޔެއިން ފެށިގެން 90 ދުވަހަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއީ އައްޑޫގައި މި ގޮތަށް ބަންދުކުރި ހަތަރު ވަނަ ޑްރަގް ކެފޭ އެވެ. މީގެ ކުރިން ހިތަދޫ ދެ ގެއަކާއި މަރަދޫފޭދޫ ގެއެއް ވެސް ވަނީ ބަންދުކޮށްފަ އެވެ. އެއީ ހިތަދޫ 'މައިލޯސިޓީގެ' އާއި 'ލާމިޔާގެެއާގެ' އަދި މަރަދޫފޭދޫ 'އުންމީދު' ގެ އެވެ.


