މި ސަރުކާރުގައި އެންމެ ފުރަތަމަ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުއާޒު މުހައްމަދު ރަޝީދު (އެމްޑަބްލިއުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމަށް އައްޔަންކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި މުއާޒު އެމްޑަބްލިއުއެސްސީގެ ޑީއެމްޑީގެ މަގާމަށް އައްޔަންކުރީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްގެނެވެ.
އެމްޑަބްލިއުއެސްސީގެ އެޑީގެ މަގާމަށް އޭނާ މި އައްޔަންކުރީ، ފެނަކައިގެ އެމްޑީ ކަމުން އޭނާ އިސްތިއުފާ ދެއްވިތާ އެއް އަހަރާއި ހަތް މަހެއްހާ ދުވަސް ފަހުންނެވެ.
އެމްޑަބްލިއުއެސްސީ އަކީ މާލޭގެ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. މާލޭގެ އިތުރުން ރ. ދުވާފަރުގައި އެ ކުންފުނިން ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. ފެނަކަ އަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި ކަރަންޓާއި، ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.


