Tuesday, 28 July 2026
ފޯޅަވަހި

ޗާގޯސް އައިލެންޑްސް ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އައްޑޫ ސިޓީއާ ގާތްގަނޑަކަށް 933 ކިލޯމީޓަރު ދުރަށް، ޗާގޯސް އައިލެންޑްސް ސަރަހައްދަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކުރި ގޮތުގައި، ރިކްޓަރ މިންގަނޑުން 5.4 މެގްނިޓިއުޑްގެ ބާރުމިނުގައި މި ބިންހެލުން އައިސްފައިވަނީ މިއަދު ހަވީރު ރާއްޖެ ގަޑިން 06:01 ހާއިރުއެވެ.

މި ބިންހެލުމާ ގުޅިގެން ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް އޭގެ އަސަރުކޮށްފާނެ ކަމަށް ނުބެލެވޭ ކަމަށް މެޓް އޮފީހުން ވަނީ ޔަގީންކަން ދީފައެވެ. މި ހާދިސާއާ ގުޅިގެން ރާއްޖެއަށް ސުނާމީގެ ނުރައްކަލެއް އޮތް ކަމަށްވެސް އެ އިދާރާއިން ވިދާޅެއް ނުވެއެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، ބިންހެލުންތަކުގެ މައުލޫމާތު އެ އިދާރާއިން މެދުނުކެނޑި މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި ރާއްޖެއަށް ނުރައްކާވެދާނެ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްނުކޮށް އެ މައުލޫމާތު އާންމުންނާ ހިއްސާކުރާނެ ކަމުގެ ޔަގީންކަންވެސް އެ އިދާރާއިން ވަނީ ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *