Tuesday, 28 July 2026
ހިމަބިހި ޖެހިފައިވާ ކުއްޖެއް -- ގުޑްއާރްއެކްސް

ހިމަބިހީގެ ޖުމްލަ 121 ކޭސް؛ މިދިޔަ ހަފްތާގައި މާލެއިން އެކަނިވެސް 55 ކޭސް ރިޕޯޓްކޮށްފި!

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހިމަބިހީގެ 121 ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި އަދާހަމަ ރިޕޯޓުގައ ވާގޮތުން، ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުން 55 ހިމަބިހީގެ ކޭސް ފެނިފައިވެއެވެ. މިއަދަދާއެކު މި އަހަރު ރިޕޯޓުވި ޖުމްލަ ކޭސް 121 އަށް އަރާފައިވެއެވެ.

ހިމަބިހި ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއިން ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އެ އެޖެންސީން ހާމަކުރިގޮތުގައި، މިހާތަނަށް 5،495 މީހަކަށް ވެކްސިން ދީފައިވެއެވެ.

އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ނުވަތަ ދެ ޑޯޒް ފުރިހަމަވިކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކްސިން މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ. ހަމައެހެންމެ، ހިމަބިހި ޖެހިފައިވާ މީހަކާ ގުޅުން ހުރި ފަރާތްތަކަށްވެސް ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.

ހިމަބިހިގެ ކޭސްތައް ރާއްޖޭގައި އަލުން ފެންނަން ފެށީ މިއަހަރުގެ މެއި މަހުގެ މެދުތެރޭގައެވެ. ކުރިން މި ބަލި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިފައިވިޔަސް، މިހާރު ކޭސްތައް އިތުރުވެ ދެމިދާނެ ބިރު އޮތީ ބޮޑުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *