Monday, 26 October 2026
ޕާސްޕޯޓް ދޫކުރަނީ -- ފޮޓޯ: އިމިގްރޭޝަން

އޭއައި ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓް ނުކުރުމަށް އެދިއްޖެ

އޭއައި ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓް ނުކުރުމަށް އިމިގްރޭޝަނުން އެދިއްޖެއެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ބެއްދުމަށް ހުށަހަޅާ އިރު ބައެއް ފަރާތްތަކުން އޭއައި ބޭނުންކޮށްގެން ފޮޓޯ އެޑިޓް ކޮށްފައި ހުންނަކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އޭއައި ބޭނުންކޮށްގެން އެޑިޓް ކޮށްފައި ހުންނަ ފޮޓޯ ހިމެނޭ އެޕްލިކޭޝަންތައް ރިޖެކްޓްކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

އޭއައި ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓް ކުރުމަކީ އުސޫލާ ހިލާފު ކަމެއް ކަމަށާއި ޕާސްޕޯޓަކީ މީހާގެ އައިޑެންޓިޓީ ކަށަވަރުކޮށްދޭ މުހިންމު ސެކިއުރިޓީ ޑޮކިއުމެންޓް އަކަށް ވާތީ މިކަމަށް ހާއްސަ ސަމާލުކަމެއްދިނުމަށް އެދިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *