Tuesday, 28 July 2026
މަގުމަތީގެ ސަލާމަތަށް ހޭލުންތެރިކުރުވުމަށް ފުލުހުން ބޭއްވި ޑްރިލެއްގެ ތެރެއިން

ކާރުތަކެއްގައި ޖެހުމުން ސައިކަލް ދޫކޮށް ފިލި މީހަކު ހޯދަނީ

ހުޅުމާލެ ފޭސް ދޭއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ހަތަރު ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާއަށްފަހު ސައިކަލު ދުއްވަން އިން މީހާ ވަނީ ސައިކަލު ދޫކޮށްލުމަށްފަހު ފިލާފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 06:27 ހާއިރު، ހުޅުމާލެ ފޭސް ދޭއްގެ ބެރެންބެދިމާ ހިނގުމުގެ އެއްވަނަ ގޯޅީގައެވެ. ދެކުނުން އުތުރަށް ދުއްވާފައި ދިޔަ މި ސައިކަލު ޖެހުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ހަތަރު ކާރަކަށާއި އެކްސިޑެންޓްވި ސައިކަލަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

މި ހާދިސާ ހިނގި ވަގުތު ސައިކަލުގެ ފަހަތުގައި އިން 21 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ސީންގައި މަޑުކޮށްފައެވެ. ފުލުހުން ބުނީ އޭނާގެ ތުންފަތް ފަޅައިގެން ގޮސް، ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ދިއުން ފަދަ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ފުލުހުން މިހާރު ދަނީ އޭނާއާ ސުވާލުކޮށް، ހާދިސާ ހިނގި ގޮތުގެ މައުލޫމާތު ސާފުކުރަމުންނެވެ.

މި މައްސަލައިގެ ތަހުގީގަށްޓަކައި އެކްސިޑެންޓްވި ސައިކަލު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *