ރާއްޖެއަށް މިދިޔަ އޭޕްރިލް މަހު ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ ދެމަފިރިންގެ މައްޗަށް ދައުވާކޮށްފި އެވެ.
މިދިޔަ އޭޕްރިލް މަހު ހައްޔަރުކޮށްފައިވާ ދެމަފިރިންނަކީ، އިމްރާން ޕާޝާ (33އ.) އާއި ކްރިސް އެމްބްރޯސިޔާ (27އ.) އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަކިވަކިން ނެރުނު ދެ ކޯޓު އަމުރުން ބުނެފައިވާ ގޮތުގައި އެ ދެ މީހުންގެ މައްޗަށް ކުރުމަށް ނިންމީ މަސްތުވާ އެއްޗަށް ރާއްޖެއަަށް އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގެ ލިޔުންތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ލިބިފައިވާ ކަމަށާއި އެ އޮފީހުން ލިޔުންތައް ބަލައިގަނެ ދައުވާ ހުށަހެޅުމަށް މަސައްކަތްކުރަމުންދާ ކަމަށް ކޯޓުގައި ބުނެފައިވެއެވެ.
އެ ދެ މީހުންގެ ބަންދަށް އިތުރު 45 ދުވަސް ޖެހުމަށް ވެސް ކޯޓުން އަމުރުކޮށްފައިވެއެވެ.


