Tuesday, 28 July 2026
ދެ ބިދޭސީން ވެއްޓުނު އިމާރާތުގައި ފުލުހުންނާއި ސިޓީ ކައުންސިލުން ހަރަކާތްތެރިވަނީ

މަޖީދީމަގުގައި ހުރި އިމާރާތަކުން ދެ މީހަކު ވެއްޓުނު މައްސަލައިގައި އިހުމާލުވި ފަރާތަށް ފިޔަވަޅު އަޅައިފި

މާލޭގެ މަޖީދީ މަގުގައި ހުންނަ ޕޮއިސް ފިހާރަ ހިމެނޭ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް ދެ ބިދޭސީއަކު ވެއްޓުނު ހާދިސާގައި، ސަލާމާތީ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވި ފަރާތަށް މާލެ ސިޓީ ކައުންސިލުން ފިޔަވަޅު އަޅައިފިއެވެ.

އިއްޔެ މެންދުރުފަހު 13:53 އެހައިކަންހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކަށާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ސަލާމާތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތެއްގައި އަޅާފައި ނުވުމުންނެވެ. އެހެންކަމުން، އެކަމުގައި އިހުމާލުވި ފަރާތް ހޯދައި، އެ ފަރާތް މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. ނަމަވެސް ޖޫރިމަނާ ކުރި އަދަދެއް ކައުންސިލުން ހާމައެއް ނުކުރެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އިމާރާތުން ވެއްޓުނު ދެ މީހުންނަށް ލިބުނު އަނިޔާތަކަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *