Tuesday, 28 July 2026
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސިނގިރޭޓް ޑިއުޓީ ކުޑަކުރާ ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި

ސިނގިރޭޓަކުން ނަގާ ޑިއުޓީގެ ރޭޓް 4 ރުފިޔާއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލު ތަޅުމަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ބިލު ދިރާސާކުރަން ފޮނުވައިފި އެވެ.

މިހާރު ޑިއުޓީ ރޭޓަކީ ސިނގިރޭޓަކުން 8 ރުފިޔާ އެވެ. ކުރިން 3 ރުފިޔާ 50 ލާރިއަށް ހުރި ޑިއުޓީ ބޮޑުކުރީ 2024ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.

އަނެއްކާ ވެސް ގާތްގަނޑަކަށް ކުރިން ހުރި ރޭޓަށް ކުޑަކުރަން ޖެހޭ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު ތަޅުމަށް ބަލައިގަތުމަށް ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ. ބަލައިނުގަންނަން އެއްވެސް މެންބަރަކު ވޯޓު ނުދެއްވިއިރު އެމްޑީޕީގެ މެންބަރުން ތިއްބެވީ އަޑުގަދަކުރައްވަން، ރިޔާސަތާ ކައިރީގަ އެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ބިލުގައި، ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާ އަދި އެޑްވޮރަމް ޑިއުޓީގެ ގޮތުގައި %30 ނެގުމަށް ހިމަނާފައިވެ އެވެ. އަދި ބިޑިއަކުން ނަގާ ޑިއުޓީ ވެސް 4 ރުފިޔާގެ ގޮތުގައި ނެގުމަށް ބިލުގައިވެ އެވެ.

އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗިއުންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ހުށަހަޅާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *