Tuesday, 28 July 2026
މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް، ވެރިކަން ކުރާ ޕީއެންސީގެ މަޖިލީސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން މިއަދު ހެނދުނު ބޭރުކޮށްލައިފިއެވެ. ނާޒިމް މިކަން މިހާރު ވަނީ ބައެއް ބައެއް މީޑިއާތަކަށްވެސް ކަށަވަރު ކޮށްދެއްވާފައެވެ.

ނާޒިމް އެ ގްރޫޕުން ބޭރުކޮށްލި ސީދާ ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ފިޔަވަޅު އަޅާފައިވަނީ މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ވެސް އޭނާ ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މި މަހުގެ 21 ވަނަ ދުވަހު ނާޒިމް ވަނީ މަޖިލީހުގެ އެންމެ ނުފޫޒުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން ވަކިކޮށްފައެވެ. 241 ކޮމިޓީއަށް ނާޒިމްގެ ބަދަލުގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ އައްޔަންކޮށްފައިވާއިރު، މާލިއްޔަތު ކޮމިޓީއަށް އައްޔަންކުރީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރެވެ.

ކޮމިޓީތަކުން ވަކިކުރި މައްސަލައާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ، ދެ ކޮމިޓީން ވަކިކޮށް ދެއްވުމަށް އެދިވަޑައިގަތީ އެ ދެ ކޮމިޓީއަށް ވަގުތު ނުދެއްވޭނެތީ ކަމަށެވެ. އެހެންނަމަވެސް، މީގެ ކުޑަވަގުތުކޮޅެއްގެ ފަހުން ޕާޓީގެ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށްލުމުން ސިޔާސީ މަސްރަހުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *