Tuesday, 28 July 2026
ދަރުމަވަންތަ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތެއްގަި،އި ރައީސް ޑރ.މުހައްމަދު މުއިއްޒު ނަރުހުންނާ ސަލާމް ކުރައްވަނީ----ފޮޓޯ:ރައީސްއޮފީސް

ދެމެހެއްޓެނިވި ޞިއްޙީ ފަރުވާގެ ނިޒާމެއްގެ އެންމެ މުހިންމު ބިންގަލަކީ ނަރުހުން: ރައީސް

ދެމެހެއްޓެނިވި ޞިއްޙީ ފަރުވާގެ ނިޒާމެއްގެ އެންމެ މުހިންމު ބިންގަލަކީ ނަރުހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބަލިމީހުންނަށް ފަރުވާދިނުމާއި، ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި ނަރުހުން އަދާކުރަނީ ނުހަނު މުހިންމު ދައުރެއް ކަމަށެވެ.

ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ނަރުހުންގެ ޚިދުމަތުގެ ބޭނުންތެރިކަން ކުރިއަށްވުރެ ބޮޑުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ނަރުހުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދީ، އެ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

މީގެ އިތުރުން، ނަރުހުންގެ މަސައްކަތުގެ މާހައުލު ރަނގަޅުކުރުމާއި، އިނާޔަތްތައް އިތުރުކުރުމުގެ އިތުރުން ތަމްރީނާއި ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ނަރުހުން ޤައުމަށްޓަކައި ކޮށްދެއްވާ އަގުހުރި ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *