Tuesday, 28 July 2026
ރޯދަ ހަދިޔާ އަދި ސައޫދީ އިން ހަދޔާ ކުރި ކަދުރު، ---ފޮޓޯ ތައްޔާރުކުރީ ރާއްޖެ `24

ބާކީހުރި މަސްދަޅާއި ކަދުރު ބަހާ ހުސްކޮށްލުމަށް ދުވާފަރު ކައުންސިލުން ނިންމައިފި

ނިމިދިޔަ ރަމަޟާންމަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރި ތަކެތީގެ ތެރެއިން ބާކީހުރި މަސްދަޅާއި ކަދުރު، އިސްކަންދޭ ތަރުތީބުން ބަހާ ހުސްކޮށްލުމަށް ރ. ދުވާފަރު ކައުންސިލުން ނިންމައިފިއެވެ. މި ތަކެތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަހު މަސްދަޅު ބެހި ގޭބިސީތަކުގެ ލިސްޓަށް ބަލައިގެންނެވެ.

ދުވާފަރު ކައުންސިލުން ބުނީ، މިދިޔަ ރަމަޟާންމަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ގޭބިސީތަކަށް ދޫކުރުމަށް ފޮނުވި މަސްދަޅު ކޭސްތަކުގެ ތެރެއިން ބާކީހުރި މަސްދަޅުތައް ދޫކުރާނީ ކޮންމެ ގޭބިސީއަކަށް 3 މަސްދަޅުގެ ރޭޓުންނެވެ. އަދި މަސްދަޅުގެ އިތުރުން ކަދުރުވެސް ބަހާނީ ލިބިފައިވާ އަދަދު ހުސްވަންދެން، އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދީގެން ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

މި ތަކެތި ދޫކުރުމުގެ އިންތިޒާމްތައް މާދަމައިން ފެށިގެން މި މަހުގެ 11 ވާ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ތަކެތި ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އާ ހަމައަށެވެ.

ސަރުކާރުން ވަނީ ނިމިގެންދިޔަ ރަމަޟާންމަހު ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދޫކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގައިވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *