Tuesday, 28 July 2026
ފެނަކަ ކޯޕަރޭޝަން--ފޮޓޯ:އެޑިޝަން

ކަރަންޓު ބިލު ތައްޔާރު ކުރީ އެހެން މަސްތަކުގައި ވެސް އަމަލު ކުރަމުން އަންނަ އުސޫލުން: ފެނަކަ

ކަރަންޓު ބިލު ތައްޔާރުކުރުމުގައި އަމަލުކޮށްފައިވަނީ އެހެން މަސްތަކުގައި ވެސް އަމަލު ކުރަމުން އަންނަ އުސޫލުން ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ހާމަކޮށްފިއެވެ. ފެނަކައިން މިހެން ބުނެފައިވަނީ އެންމެ ފަހުން ފޮނުވި ކަރަންޓު ބިލްތައް ބޮޑު ކަމަށް ބުނެ އާންމުންގެ ގިނަ ޝަކުވާތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ.

ފެނަކަ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނިމިދިޔަ މާރިޗު މަހުގެ ރީޑިން ނެގުމުގައާއި ކަރަންޓު ބިލް ތައްޔާރު ކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައި ވަނީ އާންމު އެހެން މަސް މަހުގައި ވެސް އަމަލު ކުރަމުން އަންނަ އުސޫލުން ކަމަށެވެ. މިއީ އެއްވެސް ބަދަލެއް ގެނެސްގެން ކޮށްފައިވާ ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެއެވެ.

މާރިޗު މަހުގެ ބިލްތައް ބޮޑުވުމާ ގުޅިގެން ސޯޝަލް މީޑިއާގައާއި އެކި މަންސަތަކުގައި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، ފެނަކައިން ތަކުރާރުކޮށް ބުނަމުންދަނީ ބިލްތައް ތައްޔާރުކުރުމުގައި އެއްވެސް އޮޅުވާލުމެއް ނުވަތަ އުސޫލުން ބޭރުން ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.ކޮށްފައިވާ ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން އިތުރަށް ބުނެފައިވަނީ، ބިލް ތައްޔާރުކުރުމުގައި އަމަލު ކުރަމުންދާ އުސޫލަކީ ގާނޫނާއި ގަވާއިދު ތަކުން ކަނޑައެޅި އާއްމު ކުރެވިފައިވާ އުސޫލެއް ކަަމަށެވެ. އަދި އެ އުސޫލާ ހިލާފަށް ކުންފުނިން ހިދުމަތްދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް، ބިލަށް އެއްވެސް އުނި އިތުރެއް ގެނެސްފައި ނުވާނެ ކަމުގެ ޔަގީންކަން ފެނަކައިން ވަނީ އަރުވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *