Tuesday, 28 July 2026
އަތުލައިގަނެވިފައިވާ މަސްތުވާތަކެތީގެ ބާވަތްތައް ނައްތާލުމުގެ ހަރަކާތެއްގެ ތެރެއިން، ދޫނިދޫ---ފޮޓޯ:ޕީއެސްއެމް

މަސްތުވާތަކެތި ނައްތާލާ ތަން ބެލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް، އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ދިވެހި ފުލުހުންގެ ހިދުމަތުން ހުޅުވާލައިފިއެވެ.

މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ފުލުހުން ބުނި ގޮތުގައި މި ހަރަކާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ.

މި މަސައްކަތް އޮބްޒާވް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ފުރިހަމަ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު media@police.gov.mv އަށް އީމެއިލް ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އީމެއިލް ލިބޭ ތަރުތީބުން އިސްކަންދީގެން ޖުމްލަ 10 މީހަކަށެވެ.

މަސްތުވާތަކެތި ނައްތާލުމުގެ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު ކ. ދޫނިދޫގައެވެ. މިއީ ފުލުހުންގެ މަސައްކަތްތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *