Tuesday, 28 July 2026
ލްއުސްތާޒް މޫސާ ފަތުޙީ އާދަމް---ފޮޓޯ:ވިކިޕިޑިއާ

ޕީސީބީގެ ބޯޑު މެމްބަރު ކަމުން މޫސާ ފަތުހީ އިސްތިއުފާ ދެއްވައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބަލަދުވެރިފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެމްބަރުކަމުގެ މަގާމުން އަލްއުސްތާޒް މޫސާ ފަތުޙީ އާދަމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ، ށ. ކޮމަންޑޫ، ރަންކޮކާގެ، އަލްއުސްތާޒް މޫސާ ފަތުޙީ އާދަމް މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، ޕީސީބީގެ ބޯޑު މެމްބަރުކަމުން އޭނާ މިހާރު ވަކިވެފައިވާ ކަމަށެވެ.

މޫސާ ފަތުހީ ޕީސީބީގެ ބޯޑުން ވަކިވެވަޑައިގަތީ، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހުސްވެފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އޭނާ އައްޔަނުކުރުމާ ގުޅިގެންނެވެ.

ޕީސީބީގެ ބޯޑުގައި މިހާރު ތިއްބެވި މެމްބަރުންނަކީ ބޯޑުގެ ރައީސް މުހައްމަދު އަނަސް އާއި، ނޮން އެގްޒެކްޓިވް މެމްބަރުންގެ ގޮތުގައި ތިއްބެވި ލީނާ އަބްދުލް ޖަލީލާއި، ހަސަން ޒަރީރާއި، އަލްއުސްތާޒް އަހުމަދު ނަޝާތުގެ އިތުރުން މުހައްމަދު އާޒާދެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *