Tuesday, 28 July 2026
އޭޕްރީލް 3 ވަނަ ދުވަހު/ ކެމްޕެއިން ނިންމާލުމަށް ބޭއްވި ބޮޑު ހިނގާލުން----ފޮޓޯ: ޕީއެންސީ

ލޯކަލް ކައުންސިލް އިންތިޚާބުގެ އެންމެ ގިނަ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިންތިޚާބުގެ ހުރިހާ ދާއިރާތަކެއްގެ ދާއިމީ ނަތީޖާ އިއުލާނުކޮށް ގެޒެޓްކޮށްފައެވެ.

ޖުމްލަ 1351 ކެންޑިޑޭޓުން އިންތިޚާބުކުރި މި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ޕީއެންސީން ވަނީ 584 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 563 ގޮނޑިއެވެ. އެހެންކަމުން ޕީއެންސީން އިންތިޚާބު ކާމިޔާބުކުރީ 21 ގޮނޑީގެ ފަރަގަކުންނެވެ.

ޕާޓީތަކަށް ލިބުނު ގޮނޑީގެ އަދަދު:

  • ޕީއެންސީ: 584 ގޮނޑި
  • އެމްޑީޕީ: 563 ގޮނޑި
  • އަމިއްލަ ކެންޑިޑޭޓުން: 169 ގޮނޑި
  • އެމްޑީއޭ: 23 ގޮނޑި
  • އަދާލަތު ޕާޓީ: 6 ގޮނޑި
  • ޖުމްހޫރީ ޕާޓީ: 4 ގޮނޑި
  • ދަ ޑިމޮކްރެޓްސް: 2 ގޮނޑި

ދާއިރާތަކުން ޕީއެންސީ ހޯދި ކާމިޔާބީ:

ސިޓީތައް ފިޔަވައި އެހެން ހުރިހާ ދާއިރާތަކަކުން ކުރި ހޯދާފައިވަނީ ޕީއެންސީންނެވެ. އެ ޕާޓީން ހޯދި ކާމިޔާބީތަކުގެ ތަފްސީލަކީ:

  • ކައުންސިލް ރައީސުން: 75 ގޮނޑި (އެމްޑީޕީއަށް 73 ގޮނޑި)
  • އަންހެނުންނަށް ޚާއްސަ ގޮނޑި: 101 ގޮނޑި (އެމްޑީޕީއަށް 88 ގޮނޑި)
  • ކައުންސިލް މެންބަރުން: 99 ގޮނޑި (އެމްޑީޕީއަށް 82 ގޮނޑި)
  • ޑަބްލިއުޑީސީގެ ރައީސާއިން: 84 ގޮނޑި (އެމްޑީޕީއަށް 60 ގޮނޑި)
  • ޑަބްލިއުޑީސީގެ މެންބަރުން: 216 ގޮނޑި (އެމްޑީޕީއަށް 167 ގޮނޑި)

ސިޓީތަކުގެ ނަތީޖާ:

ސިޓީތަކުގެ ނަތީޖާއަށް ބަލާއިރު ކުރި ހޯދާފައިވަނީ އެމްޑީޕީންނެވެ. ސިޓީތަކުގެ ކައުންސިލް ގޮނޑިތަކުގެ ތެރެއިން 45 ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ޕީއެންސީއަށް ލިބުނީ 5 ގޮނޑިއެވެ. އަދި ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އެމްޑީޕީން 42 ގޮނޑި ހޯދިއިރު، ޕީއެންސީއަށް ލިބިފައިވަނީ 4 ގޮނޑިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *