Tuesday, 28 July 2026
ފޮޓޯ: ރާއްޖެ24

ތޫނު އެއްޗަކުން ބިދޭސީއެއްގެ ކަރަށް ހަމަލާދީ ޒަހަމްކޮށްލައިފި

ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ، ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ، ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ހުކުރު ދުވަހުގެ ރޭ ދަންވަރު 1:08 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްގެ 38 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާގެ ކަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުގައިވާ ގޮތުން، އެ މީހާއަށް ހަމަލާދިނީ ބަންގްލަދޭޝަށް ނިސްބަތްވާ އެހެން މީހެކެވެ. އަދި އެ މީހާއަށް ހަމަލާދީ، ކަރަށް ބޮޑެތި ޒަޚަމްތައް ދީފައިވަނީ ހެންވޭރު ކަރަންކާ މަގުގައި ހުންނަ ހޮޓަލެއްގެ ތެރޭގައި ކަމަށްވެސް ވެއެވެ.

އެ މައްސަލައިގެ ތުހުމަތަށް ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަންތަރު މުއްލާ، 28، ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *