Tuesday, 28 July 2026
ރާއްޖެއިން ސްވިޑަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޢައިޝަތު ޝާން ޝާކިރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިޑަންގެ ރަސްގެފާނު ކިންގް ކާލް ސޯޅަވަނަ ގުސްޓާފްއަށް އެރުވުން

ސްވިޑަންގެ ރަސްގެފާނަށް ސަފީރު ޢައިޝަތު ޝާން ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ސްވިޑަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ޢައިޝަތު ޝާން ޝާކިރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިޑަންގެ ރަސްގެފާނު ކިންގް ކާލް ސޯޅަވަނަ ގުސްޓާފްއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ރަސްމީ ގަނޑުވަރުގައެވެ.

ފަތްކޮޅު އެރުވުމަށްފަހު ބޭއްވެވި ބައްދަލުވުމުގައި، ސަފީރު ޝާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރުގެ ފަރާތުން ސްވިޑަންގެ ރަސްގެފާނަށާއި އެޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ރާއްޖެއާއި ސްވިޑަންއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ދެޤައުމަށް މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ސަފީރު ޝާން ވަނީ ސްވިޑަންގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

ޢައިޝަތު ޝާން ޝާކިރަކީ ޖަރުމަނުވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ އިތުރުން، ނޯވޭ އަދި ފިންލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުވެސްމެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *