ފުލުހުން ހާމަކުރި ގޮތުގައި މި ތަކެއްޗަކީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ އެކި އަވަށްތަކުގައި ހިންގި ތަހުގީގުތަކާއި އޮޕަރޭޝަންތަކުން ހޯދާފައިވާ ތަކެއްޗެވެ. މި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ވަކިވަކި ހަރަކާތްތަކެއްގެ ގޮތުގައެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ. އެ ސްޓޭޝަނުން ވަނީ 710,406 ރުފިޔާގެ މުދާ ހޯދާފައެވެ. މިއީ މި އޮޕަރޭޝަންގައި ހޯދި ޖުމްލަ މުދަލުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ.
މީގެ އިތުރުން، ހެންވޭރު ޕޮލިސް ސްޓޭޝަނުން 490,286 ރުފިޔާގެ މުދާ ހޯދާފައިވާއިރު، މާފަންނު ޕޮލިސް ސްޓޭޝަނުން ވަނީ 260,623 ރުފިޔާގެ މުދާ ހޯދާފައެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި މާލެތެރެ އަމާންކޮށް ބޭއްވުމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ހޭލުންތެރިކަމަކީ މިފަދަ ކާމިޔާބީތަކުގެ އަސްލެވެ. ކުރިއަށް އޮތް ތަނުގައިވެސް މާލެތެރެ ޕެޓްރޯލްކުރުން އިތުރުކޮށް، ކުށްކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.


