ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ބުނީ މިއަދު އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މިއަދު އިރުއޮއްސި 6:00 އާ ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުންނެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ވައި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ.
މެޓުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް މިއަދު ހެނދުނު 7:15 އިން ފެށިގެން މެންދުރު 13:00 އާއި ހަމައަށެވެ.
މެޓުން މި ސަމާލު ނެރެފައިވާއިރު، މިހާރު ކުރަމުން އަންނަ ވިއްސާރާގައި މާލޭގައި ފެންބޮޑުވަމުން އަންނާތީ، ފެން ހިންދުމުގެ މަސައްކަތް ވެސް އެމްއެންޑީއެފުން ވަނީ ފަށާފައެވެ.


