ރާއްޖޭގެ ބޮޑު ބަޔަކަށް މާދަމާގެ ނިޔަލަށް ވިއްސާރަ ކުރާނެ ކަމަށާއި އެއަށްފަހު ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ވިދާޅުވީ މާދަމާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަވާނެކަމަށެވެ. ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރަށް ވިއްސާރަވާނެކަމަށެވެ. އަދި ދެކުނަށްވެސް ކެރީގެ އަސަރު ކުރާނެއެވެ.
މެޓް އޮފީހުން ބުނީ މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު ނަމަވެސް، ވާރޭވެހި ވިއްސާރަކުރަނީ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި އުފެވިފައިވާ ވިލާގަނޑެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން ވިއްސާރަވެ ވާރޭވެހުނުކަމުގައިވީ ނަމަވެސް، އިހުސާސްކުރެވޭ ފިނި ހޫނުމިން ހުންނާނީ މަތީގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް މެޓުން ބުނެއެވެ.


