ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަ އޮފް ފިޝަރީޒް، އެގްރިކަލްޗަ އެންޑް އޯޝަން ރިސޯސަސް ކަމަށް އަހްމަދު ޝިޔާމް އައްޔަން ކުރައްވައިފިއެވެ.
މިނިސްޓަރު ޝިޔާމަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓުގެ މެމްބަރުކަމުގެ ހުވައި ލައިދެއްވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ހުވައި ކުރެއްވުމަށްފަހު، ކެބިނެޓުގެ މެންބަރުންގެ ހުވައިގެ އިގްރާރުގައި ވަޒީރު ސޮއިކުރެއްވިއެވެ.
ރޭވަނީ އަލަށް އެކުލަވާލި ކެބިނެޓަށް 12 މިނިސްޓަރުން އައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވާފައެވެ.


