Tuesday, 28 July 2026
ރާއްޖޭގެ ސުޕްރީމްކޯޓް---ފޮޓޯ: ދަވޭވް

ގޮނޑި ގެއްލޭ އިސްލާހާ ގުޅިގެން ވަގުތީ އަމުރެއް ނެރެދޭންޖެހޭ ސަބަބެއް ނެތް ކަމަށް ދައުލަތުން ބުނެފި

ސިޔާސީ ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން، ވަގުތީ އަމުރެއް ނެރެދޭންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

މި މައްސަލައަކީ ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހަޅުއްވާފައިވާ، އެ އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު އިސްލާހެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

ދައުލަތުގެ ވަކީލުން ފާހަގަކުރެއްވި ގޮތުގައި ވަގުތީ އަމުރެއް ނެރެދެވޭނީ ތިން ޝަރުތެއް ފުރިހަމަވާނަމަ ކަމަށާއި، ނަމަވެސް މި މައްސަލާގައި އެފަދަ އަމުރެއް ނެރެންޖެހޭ މިންވަރަށް ދުސްތޫރީ ބަހުސެއް އުފެދިފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މައްސަލައިގެ ފައިސަލާ ކުރަނިވި ހުކުމެއް އައުމުގެ ކުރިން މުއާލާތް ކެނޑިދާނެ ފަދަ ސަބަބެއް ނުވަތަ އާންމު މަސްލަހަތަށްޓަކައި އެ އަމުރު ނެރެންޖެހޭ ގާނޫނީ ހުއްޖަތެއް މައްސަލަ ހުށަހެޅި ފަރާތަށް ދެއްކިފައި ނުވާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ވަނީ ގާނޫނުއަސާސީއަށް ގެނައި މި އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށް ތަކުރާރުކޮށް ބުނެފައެވެ. މި މައްސަލަ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗަކުން ބައްލަވަމުންދާއިރު، ބެންޗުގެ ރިޔާސަތުގައި އިންނަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *