Tuesday, 28 July 2026
ހަޔަރއެޑިއުކޭޝަން މިނިސްޓަރ ހައިދަރު---ފޮޓޯ: ޕީއެސްއެމް

ހަޔަރ އެޑިއުކޭޝަން މިނިސްޓރ ޑރ އަލީ ހައިދަރު ވެސް މަޤާމުން އިސްތިއުފާ ދެއްވައިފި

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ހައިދަރު މަޤާމުން އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް މިކަމާ ގުޅިގެން ރައީސް އޮފީހުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ޑރ. ހައިދަރުގެ އިތުރުން ސަރުކާރުގެ އިސް އެހެން ބައެއް މިނިސްޓަރުން ވެސް މިއަދު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާބެހޭ މިނިސްޓަރ ޠާރިޤް އާއި، ޔޫތު މިނިސްޓަރ އަސްވާޑް އާއި، ދަނޑުވެރިކަމާބެހޭ މިނިސްޓަރ ޑރ. މާރިޔާ އާއި، ހެލްތު މިނިސްޓަރ އަބްދުالله ނާޒިމްގެ އިތުރުން ދިފާއީ މިނިސްޓަރ ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވައެވެ.

ވަޒީރުންގެ މަޖިލީހަށް އަންނަމުންދާ މި ބަދަލުތަކުގެ ތެރެއިން ބައެއް މިނިސްޓަރުން މިއަދު ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އެގޮތުން ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އާއި، ޖެންޑާ މިނިސްޓަރ ޑރ. އާއިޝަތު ޝިހާމްގެ އިތުރުން ޚާރިޖީ މިނިސްޓަރ ޑރ. ޚަލީލް މަޤާމުން ވަކިކޮށްފައިވާކަން ވަނީ އެނގިފައެވެ. މީގެ އިތުރުން އިއްޔެ ވަނީ ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ އާރިފް ވެސް މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މި ބޮޑެތި ބަދަލުތަކަކީ ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓަށްފަހު، ސަރުކާރުގެ ހިންގުމަށް ގެންނަން ފަށާފައިވާ ބަދަލުތަކެކެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި އެ ވޯޓުގައި ސަރުކާރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *