Tuesday, 28 July 2026

ޔޫތް މިނިސްޓަރު ވަހީދު އާއި އެންވަޔަރމަންޓް މިނިސްޓަރު ތޯރިގް ވެސް އިސްތިއުފާދީފި

ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަޝްވާޑް) އާއި އެންވަޔަރމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްވެސް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން ވަކިކުރި / އިސްތިއުފާ ދެއްވި ވަޒީރުން

މިއަދު މަގާމުން އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

  1. ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
  2. ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
  3.  ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
  4. އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
  5. ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
  6. ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

މީގެއިތުރުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ މަގާމުން ވަކިކޮށްފައެވެ.

މި ބޭފުޅުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް، މިއީ ފަހުގެ ތާރީޚެއްގައި ކެބިނެޓަށް އައި އެންމެ ބޮޑު އެއް ބަދަލެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް ވެސް ދަނީ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން، މި މަހުގެ 6 ވަނަ ދުވަހު އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ އެމްޑީ ހުސެއިން ދީދީ އާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ނަޖާޙް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

ކެބިނެޓަށް މިއަދު އައި މި ބޮޑު ބަދަލާ ގުޅިގެން، ހުސްވި މަގާމުތަކަށް އާ ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް ރައީސް އޮފީހުން ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *