Tuesday, 28 July 2026
ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސަޢޫދީއަށް ފުރާވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ޢުމްރާގެ އަޅުކަން ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތީ މި ހިނގާ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ސަޢޫދީ ސަރުކާރުގެ ފުރިހަމަ މެހުމާންދާރީއާއި އެހީތެރިކަމާއެކު ކުރިއަށްދިޔަ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެ ބޭފުޅުންނަށް މަރުޙަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ދައުލަތުގެ ވަޒީރުންގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނެވެ.

މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންކަން ފާހަގަކޮށްލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *