ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދަށާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް މަރުހަބާ ދަންނަވާފަ އެވެ. މި ޝުކުރާއި މަރުހަބާ ނަޝީދު ދަންނަވާފައި މިވަނީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއާ ގުޅިގެން ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، ލީޑަޝިޕުން މަޝްވަރާކޮށް މައްސަލަތައް ހައްލުކުރުމާ ގުޅިގެންނެވެ.
ޕާޓީގެ އެތެރޭގެ މަސްލަހަތާ ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ޅ. ހިންވަރުގައި ވިދާޅުވީ، އާންމު މެންބަރުން އެދޭ ގޮތަށް ލީޑަޝިޕް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް މިހާރު ހޯދިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެމްޑީޕީ ކުރިއަށް ދާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ލީޑަޝިޕް އެކީގައި އޮވެގެން،" ރައީސް އިބޫ ވިދާޅުވި އެވެ.
ރައީސް ނަޝީދަކީ 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެމްޑީޕީން ވަކިވެވަޑައިގެން 'ދަ ޑިމޮކްރެޓްސް' އުފެއްދެވި ބޭފުޅެއް ނަމަވެސް، 2024 ވަނަ އަހަރު އެ މަނިކުފާނާއި އެ ޕާޓީގެ ގިނަ މެންބަރުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.


