Tuesday, 28 July 2026
ހުރާގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ނޫފަރުގޭ -- ފޮޓޯ: އެންޑީއެމްއޭ

ހުރާގެ ގެއެއްގައި ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައިފި

ކ. ހުރާގެ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ރޭ ދަންވަރު 1:30 ވާން އުޅެނިކޮށް ހިނގި މި އަލިފާނުގެ ހާދިސާގައި ހުރާ، ނޫފަރުގޭގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. މީހުން ދިރިއުޅެމުން އައި އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ ރޯވިތާ ގަޑިއެއްހާއިރު ފަހުންނެވެ. އޭރު އެ ގެ ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ހިނގި އަލިފާނުގެ ހާދިސާގައި އެ ގޭގައި އުޅުނު އަންހެންމީހާ އަށް ލިބުނު ކުއްލި ޝޮކާ އެކު އަދިވެސް ވާހަކަ ނުދެއްކޭ ކަމަށާއި އެހެންވެ އެ މީހާ މާލެ ގެނެސް ފަރުވާދެމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން މިއަދު ވަނީ ބުނެފައެވެ.

މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ މީހެއްގެ އެއް އަތް ފިހިގެން ފަރުވާ ދީފައިވާ ކަމަށް, ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެއެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއްވެސް އަދި ކަށަވަރެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *