Tuesday, 28 July 2026

ފިލިޕީންސްގެ ބިންހެލުން: ރާއްޖެއަށް ނުރައްކަލެއް ނެތް!

ފިލިޕީންސްއަށް މީގެ ކުޑައިރުކޮޅެއް ކުރިން އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދާދި ދެންމެ އަކު ބުނީ ފިލިޕީންސްގެ ލެއިޓޭ ކައިރިއަށް ރާއްޖެ ގަޑިން މިއަދު 18:59 ހާއިރު ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށާއި މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 6.8 މެގްނިޓިއުޑްގައި ކަމަށެވެ.

މެޓް އޮފީހުން އިތުރަށް ބުނީ، މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް ސީދާ ނުރައްްކަލެއް ނެތް ކަަމަށެވެ.

މީގެ އިތުރުން މި ބިންހެލުމާއި ގުޅިގެން އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭ ކަމަށްވެސް ވަނީ ބުނެފައި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *