މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. މަރިޔަމް މާރިޔާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވޯލްޑް ފުޑް އިންޑިއާ 2025 ގެ ހަތަރުވަނަ އެޑިޝަން ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ބައިނަލްއަޤްވާމީ މައުރަޒަކީ ދަނޑުވެރިންނާއި، ވިޔަފާރިވެރިންނާއި އައު އީޖާދުތައް ކުރާ ފަރާތްތަކުގެ ޤާބިލުކަން ފާހަގަކޮށް، ކާބޯތަކެތީގެ ނިޒާމުތަކަށް ގެނެވޭ ބަދަލުތަކުގައި އެފަރާތްތަކުގެ ދައުރު ފާހަގަކުރުމަށް ބޭއްވޭ މުހިންމު މައުރަޒެކެވެ.
މި މައުރަޒުގައި ކާބޯތަކެތީގެ ނިޒާމުތަކުގެ ދެމެހެއްޓެނިވިކަމާއި، އެ ދާއިރާގައި ކުރިއަށް ދިއުމުގެ ޢަޒުމު ދައްކުވައިދޭ ތަފާތު މަޝްރޫޢުތަކާއި އީޖާދުތައް ހުށަހެޅިގެންދާނެއެވެ. އަދި މި ދާއިރާގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކޮށްދޭނެއެވެ.
މި މައުރަޒަކީ ކާބޯތަކެތީގެ ސިނާއަތުގައި ހިމެނޭ އެކި ފަރާތްތަކަށް އެއްތަނަކުން ބައްދަލުވެ، ތަޖުރިބާ ޙިއްސާކޮށް، އައު ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ލިބޭ މުހިންމު މަންސަތެކެވެ.
މިނިސްޓަރ ޑރ. މަރިޔަމް މާރިޔާގެ މި ދަތުރުފުޅުގައި ވަނީ ޝަނަލް ޕްލާންޓް ޕްރޮޓެކްޝަން އޯގަނައިޒޭޝަން (އެންޕީޕީއޯ) އާ ވެސް ބައްދަލ؛ުކުރައްވާފައެވެ.


