Tuesday, 28 July 2026

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ބަލަނީ

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން، ފަޅު ގެއެއްގެ ތެރޭގައި ހުރި ކުޑަ ކުއްޖަކަށް ބަޔަކު އަނިޔާކުރާ މަންޒަރު ފެނެއެވެ. އެގޮތުން ފުރަތަމަ ފިރިހެން ކުއްޖަކު ގޮށްމުށުން ކުއްޖާގެ ބޮލުގައި އެކި ފަހަރު މަތިން ޖަހާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އަދި ކުއްޖާގެ ގައިގައި ފައިން ޖަހައި، ބިންމައްޗަށް ވައްޓާލާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެޝަނާއި ރަށު ޕޮލިސް ސްޓޭޝަނުން ބަލަމުންދާ ކަމަށެވެ.

އެ ވީޑިއޯ ދައުރު ކުރުމަކީ އެ އަމަލުގެ ސަބަބުން ވިކްޓިމައިޒް ވެފައިވާ ކުއްޖާ، ރީ ވިކްޓިމައިޒްވެ ކުއްޖާގެ ކަރާމާތަށް އުނިކަން އަތުވެދާނެ ކަމަކަށްވުމާއެކު އެ ވީޑިއޯ އިތުރަށް ޝެއާކޮށް ދައުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *