Thursday, 29 October 2026

ހުޅުމާލޭގައި ވިކްސިޓް ބާރަތް ރަން 2025 ކާމިޔާބުކަމާއެކު ބާއްވައިފި

ހުޅުމާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އިންތިޒާމުކޮށްގެން މިއަދު ހެނދުނު "ވިކްސިޓް ބާރަތް ރަން 2025″ ބާއްވައިފިއެވެ. މި ހަރަކާތުގައި އިންޑިއާގެ ކޮމިއުނިޓީގެ މެންބަރުންނާއި، ދިވެހި ރައްޔިތުންނާއި، އަދި ދިވެހިރާއްޖޭގެ އާންމު ދިރިއުޅުމުގައި ފާހަގަކޮށްލެވޭ އެތައް ޝަޚްސިއްޔަތުތަކެއް ހިމެނޭ ގޮތަށް 300 އަށްވުރެ ގިނަ ބައިވެރިން ޝައުގުވެރިކަމާއެކު ބައިވެރިވިއެވެ.

ހުޅުމާލެ ފޭސް 1 ގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ފެށިގެން ހުޅުމާލެ ފޭސް 2 ގެ ބަނދަރާ ހަމައަށް ކުރިއަށްގެންދިޔަ މި ދުވުމަކީ ދުޅަހެޔޮ ސިއްހަތެއް، އެކުވެރި މުޖުތަމައެއް އަދި ތަރައްގީގެ ހިއްސާކުރެވޭ އިހުސާސްތަކެއް ކުރިއެރުވުމަށް އަމާޒުކޮށްގެން ބޭއްވުނު ހަރަކާތެކެވެ.

މި ހަރަކާތުގައި އިންޑިއާގެ ހައި ކޮމިޝަނަރު ދެއްކެވި ވާހަކަފުޅުގައި ހުރިހާ ބައިވެރިންނަށް ޝުކުރު އަދާކުރައްވައި، ވިކްސިޓް ބާރަތް ރަން އަކީ ހަމައެކަނި ދުޅަހެޔޮ ސިއްހަތަކަށް ނޫންކަމަށާއި، އެއްބައިވަންތަކަމާއި، އެކުލެވިގެންވުމާއި، އަދި ރަނގަޅު މުސްތަގުބަލަކަށް އޮތް އުއްމީދުތަކާއި ގުޅިފައިވާ ހަރަކާތެއް ކަމުގައި ފާހަގަކުރެއްވިއެވެ.

މި ހަރަކާތް ނިމިގެން ދިޔައީ މުޖުތަމައުގެ ފަރާތުންނާއި، ވޮލަންޓިއަރުންގެ ފަރާތުންނާއި، އަދި ޑައަސްޕޯރާގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ފާހަގަކުރެވިގެން ކަމަށް ހައިކޮމިޝަނުން ބުނެފައިވެއެވެ. އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ދުޅަހެޔޮ ދިރިއުޅުމެއް، އެއްބައިވަންތަކަމާއި އެކުވެރިކަން އިތުރުކުރުމަށް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ އަޒުމު ހައި ކޮމިޝަނުން ވަނީ އާކޮށްފައެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ވަނީ އިންޑިއާގެ ޤައުމީ ލީޑަރު މަހާތްމާ ގާންދީގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން 15 ސެޕްޓެމްބަރުން ފެށިގެން 2 އޮކްޓޯބަރާ ހަމައަށް ގަސް އިންދުމާއި، ލޭ ހަދިޔާކުރުމާއި، ކުޅިވަރު ހަރަކާތްތަކާއި، ސްކޫލް ކުދިންނަށް ކުއިޒް އަދި އިންޑިއާގެ އެކްސްޕޯޓަރުންނާއެކު ބައްދަލުވުންތައް ފަދަ އެކި ހަރަކާތްތައް ރާވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *