Tuesday, 28 July 2026

ހިތަދޫގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާ ދެނީ

އައްޑޫ ހިތަދޫގައި ރޭ ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ގައި ފަރުވާދޭން ފަށައިފިއެވެ.

ރޭ ދަންވަރު ހިތަދޫ ލިންކް ރޯޑްގައި ހުންނަ ލެގޫން ލޮޖް ކައިރީގައި ހިނގި މި މާރާމާރީގައި ތޫނު އެއްޗެހި ބޭނުންކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މާރާމާރީގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާތަކާ ގުޅިގެން އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނުކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި މާރާމާރީއާ ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، މާރާމާރީ ހިނގި ސަރަހައްދު ބަންދުކޮށް، ރޭ ދަންވަރުން ފެށިގެން މިއަދުގެ ހެނދުނާ ހަމައަށް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *