Thursday, 29 October 2026

މިންގަނޑަށް ނުފެތޭ ކާބޯތަކެތީގެ ހިދުމަތްދޭ 25 ތަނެއް ބަންދުކޮށްފި

މާލޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ޗެކްކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މާލެ ސިޓީ ކައުންސިލުން ގުޅިގެން ކުރިއަށްގެންދާ އިންސްޕެކްޝަންގެ ދަށުން މިހާތަނަށް 25 ތަނެއް ބަންދުކޮށްފިއެވެ.

މި ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އިންސްޕެކްޝަންގައި ސައި ހޮޓާތަކާއި ޓޭކްއަވޭގެ ޚިދުމަތްދޭ ތަންތަނުގެ އިތުރުން ގަވާއިދާ ޚިލާފަށް ޚިދުމަތްދޭ ތަންތަން ބަލަމުންދާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަދި މި އިންސްޕެކްޝަންތައް ކުރިއަށް ގެންދަނީ މާލޭގެ ހަ ސަރަހައްދަކަށް ބަހާލައިގެން ކަމަށާއި، ކޮންމެ ސަރަހައްދެއްގައި ކައުންސިލާއި އެމްއެފްޑީއޭގެ ޖޮއިންޓް ޓީމެއް ހަރަކާތްތެރިވާ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

މި އިންސްޕެކްޝަންގެ ދަށުން އެމްއެފްޑީއޭގެ ހުއްދަ ނުނަގައި ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ސާފުތާހިރުކަން ކުޑަކޮށް ޚިދުމަތްދޭ ތަންތަނަށް ނޯޓިސް ދިނުމަށްފަހު ބަންދުކުރެވޭނެ ކަމަށާއި، މާލޭގައި ހުރި ތަންތަން ބެލުމަށްފަހު ވިލިމާލޭގައި ހުރި ތަންތަންވެސް ބަލާނެ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *