Tuesday, 28 July 2026

މަޖިލިސް މެންބަރުންނާއި ވަޒީރުން މަޤާމާ ހަވާލުވާއިރު މުދަލާއި ފައިސާގެ ތަފްސީލް ހާމަކުރުމަށް ލާޒިމްކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މަޤާމާ ހަވާލުވާއިރު، އެ ބޭފުޅުންގެ މިލްކިއްޔާތުގައި ހުންނަ މުދަލާއި ފައިސާއާ ގުޅޭ ތަފްސީލް ހާމަކުރުން ލާޒިމްކުރުމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވިދާޅުވެފައިވަނީ، ދައުލަތުގެ މަޤާމުތައް ފުރަމުންދާ ފަރާތްތަކާއި ސަރުކާރު ކުންފުނިތަކުގެ އިސް މަޤާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މުދަލާއި ވިޔަފާރިއާއި މާލީ މަސްލަހަތުތަކުގެ ބަޔާން ހާމަކުރުމުގެ މިހާރުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރަން ޖެހިފައިވާ ކަމަށެވެ.

މިގޮތުން ކުޑޫ ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި، މަޖިލިސް މެންބަރުން ހުވާކުރާތާ 30 ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާއާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނީގެ ތަފްސީލް ހާމަކުރުން ހިމެނެއެވެ. އަދި މި ބަޔާންތަކަކީ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާންތަކަކަށް ވާންޖެހޭނެ ކަމަށްވެސް ހުށަހަޅުއްވާފައިވެއެވެ.

މިހާރު އޮތް އުސޫލުން މަޖިލިސް މެންބަރުން މާލީ ބަޔާން ހުށަހަޅަން ޖެހެނީ މެންބަރުކަމުގެ ހުވާކުރުމަށްފަހު އެއް އަހަރު ފާއިތުވުމުންނެވެ. ނަމަވެސް މެންބަރުން ދައުރު ފަށާއިރު އެ މީހުންގެ އަތުގައި ހުރި މުދަލާއި މަސްލަހަތު އޮންނަ ވިޔަފާރިތައް ރައްޔިތުންނަށް ހާމަވާން ޖެހޭނެ ކަމަށް ކުޑޫ ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *