Tuesday, 28 July 2026

ނޫސްވެރިންގެ އިހުތިޖާޖާ ކުރަމުން ދަނިކޮށް މީޑިއާ ބިލު ކޮމިޓީން ފާސްކޮށްފި

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމަށް ބުނެ ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މީޑިއާ ރެގިއުލޭޝަން ބިލު އިސްލާހުތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ، ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ބިލު ބޭރުކުރުމަށް ގޮވާލައި ނޫސްވެރިން ހުށަހެޅި ޕެޓިޝަނެއް މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައި ވަނިކޮށެވެ.

މިއަދު އާންމުކޮށް ހުޅުވާލައިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބިލަށް ވޯޓަށް އެހުމާއެކު، މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުންނާއި ނޫސްވެރިން އިހުތިޖާޖުކުރަން ފެށިއެވެ. އެހެންނަމަވެސް، އިހުތިޖާޖުގެ ތެރެއިންވެސް ޕީއެންސީ މެންބަރުން ބިލު ފާސްކުރުމަށް ވޯޓު ދެއްވިއެވެ.

ކޮމިޓީގެ މުޤައްރިރު ހުސައިން ރިޒާ ވިދާޅުވި ގޮތުގައި، ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވާތީ، ބިލު ވަނީ އިއްތިފާޤުން ފާސްވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *