Tuesday, 28 July 2026

ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކުޑަކުރަން ރައީސް ތާއީދު ކުރައްވައިފި

ކުރީގެ ރައީސުންނާއި ކުރީގެ މަޖިލިސް މެންބަރުންނަށް ގާނޫނުގެ ދަށުން ދެމުން އަންނަ އިނާޔަތްތައް މަދުކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށް އިއްޔެ ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ މިއީ ރައްޔިތުން އެދޭ ގޮތް ކަމަށާއި "އަޅުގަނޑުމެންނަކީ ރައްޔިތުންގެ ހާދިމުން" ކަމަށެވެ.

މި މައްސަލަ މިހާރު ޝޯޝަލް މީޑިއާގައި ހޫނު ބަހުސަކަށް ވެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނަށް ދެމުންދާ އިނާޔަތްތަކާ ގުޅޭ ތަފާސްހިސާބުތައް ހޯދުމަށްފަހު، އާންމު ފަރުދަކު އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓްކުރުމާ ގުޅިގެންނެވެ.

ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނަށް ދެވޭ އިނާޔަތްތަކަކީ ގިނަ ދުވަސްތަކެއް ވަންދެން އާންމުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލައެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މި އިނާޔަތްތަކަކީ ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައަކަށް ވެފައިވާ ކަމެކެވެ.

ރައީސް މުއިއްޒުގެ މި ބަސްފުޅާ ގުޅިގެން، ކުރިއަށް އޮތް ދުވަސްތަކުގައި މި އިނާޔަތްތަކަށް އުނިއިތުރު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *