Wednesday, 29 July 2026

ނޫސްވެރިން އުލުބައިންދަން މެމްބަރު ފަލާހު ގޮވާލެއްވި މައްސަލަ ބައްލަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ނޫސްވެރިން އުލުބައިންދަން ގޮވާލެއްވި މައްސަލަ ބައްލަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ރައީސް އޮފީހުން ނުކުމެވަޑައިގަތް ވަގުތު ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެފަދަ ވާހަކަތައް ނުދެއްކެވޭނެ ކަމަށެވެ.

ފަލާހު މި ވާހަކަ ދައްކަވާފައިވަނީ ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކުން މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް މަޖިލިހަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ. މި ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައި ބައެއް ސީނިއާ ނޫސްވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުމަށްފަހު، ނޫސްވެރިން ވަނީ އިތުރު ސުވާލުތަކެއް ކުރައްވާފައެވެ.

ފަލާހުގެ ބަސްތައް ކުށްވެރިކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެފަދަ ވާހަކަތައް ނުދެއްކެވޭނެ ކަމަށެވެ. އަދި ވެރިކަންކުރާ ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ފަލާހުގެ މައްސަލަ ބައްލަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އިއްޔެ މި ބިލު ބަލައިގަތީ ނޫސްވެރިންނާއި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކުރުމަށް ގޮވާލައި މުޒާހަރާކުރަމުން ދަނިކޮށެވެ. މި މުޒާހަރާގައި ބައިވެރިވި ބައެއް ނޫސްވެރިން ހައްޔަރުކުރުމަށްފަހު ފަހުން ވަނީ ދޫކޮށްލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *