Tuesday, 28 July 2026

ފަލަސްތީނާއި މެދު މަޝްވަރާކުރުމަށް ބޭއްވި އޯއައިސީގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ފޮރިން މިނިސްޓަރުންގެ ކައުންސިލްގެ ބައްދަލުވުމެއް ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބާއްވައިފިއެވެ.

މި މުހިންމު ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލެވެ. އަދި މި ބައްދަލުވުމުގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޢުދުވާނީ ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ޝަހީދުވެ، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހިޖުރަކުރަން މަޖުބޫރުވެފައެވެ. އަދި އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް އިސްރާއީލުން ދަނީ ހުރަސްއަޅަމުންނެވެ.

އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޣައްޒާގައި 62،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ޣައްޒާއަށް ވަންނަ އެހީތައް އެކަށީގެންވާ މިންވަރަށްވުރެ މާ މަދުކަން ގިނަ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *