Tuesday, 28 July 2026

މީޑިއާ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް އޮތް ބިލެއްކަމަށް މީޑިއާ ކައުންސިލުން ބުނެފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި ބިލެއްކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މި ބިލު އެކުލަވާލާފައިވަނީ މިހާރު އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމު އުވާލައި، މީޑިއާގެ ފުރިހަމަ ބާރު ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީއަށް ލިބޭގޮތަށެވެ. އަދި މި ބިލުގައި ހިމަނާފައިވާ ބައެއް މާއްދާތަކަކީ ޤާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ މާއްދާތަކެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

70 ސަފުހާގެ މި ބިލުގައި، ނޫސްވެރިންގެ މަޢުލޫމާތުގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް މާއްދާތައް ހިމަނާފައިވާ ކަމަށާއި، ޝަރުޢީ ކޯޓަކުން މައްސަލައެއް ސާބިތުނުވަނީސް މީޑިއާއެއް ހުއްޓުވާލުމުގެ ބާރު އުފައްދަން ހުށަހަޅާފައިވާ ކޮމިޝަނަށް ދީފައިވާކަން މީޑިއާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މި ބިލަކީ ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެއަށް ލިބިފައިވާ ދަރަޖަ ވެއްޓޭނެ ކަމެއްކަމަށް ބުނެ، ޒިންމާދާރު މިނިވަން ނޫސްވެރިކަމުގެ ވެއްޓެއް ޤާއިމުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ޖެހޭކަމަށް މީޑިއާ ކައުންސިލުން ވަނީ ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *