Tuesday, 28 July 2026

ކަމަދޫގައި ސީޕްލޭންގެ ފެށުމަށް މޯލްޑިވިއަން އާއި ހޯކްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ބ. ކަމަދޫގައި ސީޕްލޭންގެ ޚިދުމަތް ފެށުމަށްޓަކައި މޯލްޑިވިއަން އާއި ހޯކްސް އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ކަމަދޫއަށް އައު ދަތުރުފަތުރުގެ ޚިދުމަތެއް ތަޢާރަފުވެގެންދާނެއެވެ.

ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކަމަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ލޯކަލް ޓޫރިޒަމް އެހާ ބޮޑަށް ތަރައްޤީވެފައިވާ ރަށަކަށް މި ޚިދުމަތް ލިބިގެންދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރަށުގެ އިޤްތިޞާދީ ތަރައްޤީއަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭކަމަށް ފާހަގަކުރައްވައި، މީގެ ކުރިން އަތޮޅުގެ ތަރައްޤީގައި ކަމަދޫ އޮތް ފަހަތު ސަފުން ކުރިއަށް ގެނެސް، ހަމަހަމަކަމާއެކު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މީގެއިތުރުން، ރަށުގެ ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކުރެވި، މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫޢުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ރައީސް އިޢުލާނުކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *