Tuesday, 28 July 2026

މާލެ އަދި ހުޅުމާލެއިން އެއްކޮށް ކަރަންޓް ކެނޑިއްޖެ

މިއަދު ހެނދުނު 9:30 ހާއިރު މާލެ އަދި ހުޅުމާލެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

ސްޓެލްކޯގެ ފަރާތުން ވިދާޅުވި ގޮތުގައި މި ވަގުތު ކުންފުނީގެ ޓެކްނިކަލް ޓީމްތަކުން ދަނީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ވީހާވެސް އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. އަދި މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ އަޕްޑޭޓް ވީހާވެސް އަވަހަކަށް ހިއްސާކުރާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *