Tuesday, 28 July 2026

އުއްތަމަ ފަނޑިޔާރުކަމަށް އަބްދުލްޣަނީ މުހައްމަދު އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ހެންވޭރު ހޯސްޓްސައިޑް އަބްދުލްޣަނީ މުހައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ.

ގާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެވުނު އަބްދުލްޣަނީ މުހައްމަދަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ހުވައިކުރެއްވުމަށްފަހު އަބްދުލްޣަނީ ވަނީ ހުވައިގެ އިގްރާރުގައި ސޮއިކުރައްވާފައެވެ.

އައު އުއްތަމަ ފަނޑިޔާރަކީ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވަރސިޓީން އެލްއެލްބީ (އޮނާސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވައި، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން މާސްޓާސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ ހާސިލުކުރައްވާފައިވެއެވެ. މީގެއިތުރުން 2024 ވަނަ އަހަރު ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިން ފުރިހަމަކުރައްވާފައިވާ އަބްދުލްޣަނީ، މިހާރު ވަނީ ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ ކިޔަވާ ވިދާޅުވަމުން ގެންދަވައެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އަބްދުލްޣަނީ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *