Tuesday, 28 July 2026

ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ޒުވާނެއް މަރުވެއްޖެ

ފުވައްމުލަކު ފުނާޑު، ހުސްނުހީނާ މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ޒުވާނެއް މަރުވެއްޖެއެވެ. މި ހާދިސާ ހިނގީ ރޭ މެންދަމު 2:40 އެހާކަށްހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެކްސިޑެންޓް ހިނގާފައިވަނީ ޒުވާނާ ދުއްވަމުންދިޔަ ސައިކަލް ކޮންޓްރޯލް ގެއްލި، ފާރަކާ ޖެހުމަށްފަހު އެ ސަރަހައްދުގައި ހުރި ހޮޅިދަނޑިއަކާ ޖެހުމުގެ ސަބަބުންނެވެ. އެކްސިޑެންޓްގެ ސަބަބުން ޒުވާނާއަށް ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ރޭ 3:38 ގައި އޭނާ ވަނީ ފުރާނަ ދޫކޮށްލާފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *