Tuesday, 28 July 2026

ސްރީ ލަންކާގެ ރައީސް އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވަނީ

ސްރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ އަންނަ ހަފުތާގައި ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިކަން އިއުލާނު ކުރަމުން ބުނެފައިވަނީ، ރައީސް ޑިސަނަޔަކަގެ މި ދަތުރަކީ މެއި މަހުގެ 28 އިން 30 އަށް ކުރައްވާ ދަތުރެއް ކަމަށެވެ. މިއީ އޭނާ ސްރީ ލަންކާގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

މި ދަތުރުފުޅުގައި ރައީސް ޑިސަނަޔަކަ، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ފަރާތަށް ވެސް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ވެސް ކުރިއަށް ގެންދެވޭނެއެވެ.

ރައީސް ޑިސަނަޔަކަ މި މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން މިދިޔަ މަހުގެ ތެރޭގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިއަދު ރައީސް އޮފީހުން މި ދަތުރުފުޅު ރަސްމީކޮށް ކަށަވަރުކޮށްދީފައިވެއެވެ.

ރާއްޖެއާއި ސްރީ ލަންކާއަކީ އެތައް އަހަރެއްގެ ދިގު ޑިޕްލޮމެޓިކް ގުޅުމެއް އޮންނަ ދެ ޤައުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *