Tuesday, 28 July 2026

އެމްޑީޕީގެ "ރަންރީނދޫ" ދުވުން އޮގަސްޓް މަހަށް ލަސްކޮށްފި

އެމްޑީޕީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން "ރަންރީނދޫ" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވުން އޮގަސްޓް 1 އަށް ފަސްކުރުމަށް ނިންމައިފިއެވެ. މި ދުވުން އަންނަ މަހުގެ 1 ވަނަ ދުވަހަށް ފަސްކުރީ ހުޅުމާލޭގައި އެ ހަރަކާތް ބޭއްވުމުގެ ހުއްދަ ލިބުމާ ގުޅިގެންނެވެ.

އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން، މި ދުވުން ފުރަތަމަ ބޭއްވުމަށް ރޭވިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. ނަމަވެސް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ނުލިބުމާ ގުޅިގެން ދުވުން މާލެއަށް ބަދަލުކުރަން ޖެހުނެވެ. އެހެންނަމަވެސް މިހާރު ހުޅުމާލޭގައި ދުވުން ބޭއްވުމުގެ ހުއްދަ ލިބިފައިވާތީ، އެ ސަރަހައްދުގައި ދުވުން ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެމްޑީޕީގެ 20 އަހަރީ ދުވަހާ ގުޅިގެން ކުރިޔަށްގެންދާ މި ހަރަކާތަކީ އެ ޕާޓީގެ ދަންމަރު ރާއްޖޭގެ ހުރިހާ ރަށަކަށް ގެންދިއުމަށް ރޭވިފައިވާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް ނިންމުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *